ސްކޫލް އިންޓެގްރިޓީ ޕްރޮގްރާމް 2015-2018

22 Sep 2018

މިއީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނަޒާހަތްތެރިކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުތަކާއި، ސްކޫލްތަކާއި އަދި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމުތަކާއި، ޤައުމީ އަދި ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކަންތައްތަކުގެ އިތުރުން ކުރިއަށް ގެންގޮސްފައިވާ ޙަރަކާތްތަކެވެ.

2015

  • ބިތުފަންގި ޓީވީ ޕްރޮގްރާމު
  • އޭސީސީގެ މުވައްޒަފުންނަށް ‘ޓްރެއިނިންގ އޮފް ޓްރެއިނަރޒް’ ޕްރޮގްރާމު
  • ‘ވީޑިއޯ ސްޕޮޓް’ ތައްޔާރުކޮށް ސަން-ޓީވީ، ސަންގު-ޓީވީ އަދި ވީ-ޓީވީއިން ދެއްކުން
  • ނަޒާހަތްތެރިކަމުގެ އިނާމު ތަޢާރަފްކޮށް، އިނާމު ދިނުން
  • ނަޒާހަތްތެރިކަމާ ގުޅޭ މެސެޖު ހިމެނޭ ކަލަންޑަރު ތައްޔާރުކޮށް ބެހުން

2016

  • މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އިންތިޒާމު ކޮށްގެން ބޭއްވި ‘ޔޫތު ޗެލެންޖު’ ޙަރަކާތުގައި ބައިވެރިވުން
  • ބަދަލުތަކަކާއެކު ނަޒާހަތްތެރިކަމުގެ އިނާމު އަލުން ތަޢާރަފު ކުރުން
  • ކޮމިޝަނުގެ ވެބްސައިޓުގައި އަދި ވީ-ނިއުސްގައި ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްއިން އިނިގިރޭސި ބަހުން ނެރެފައިވާ ‘ޓްރޫ ސްޓޯރީޒް’ ގެ ދިވެހި ތަރުޖަމާ، ކޮމިޝަނުގެ ވެބްސައިޓުގައި ޝާޢިއު ކުރުން
  • މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބޭއްވި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވުން
  • ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއި ކުރުން
  • ‘މަގޭ ވޯޓު މަގޭ ނަޒާހަތްތެރިކަން’ މިނަމުގައި އިންތިޚާބާ ގުޅޭ ކެމްޕޭނު މީސްމީޑިއާގައި އާންމުކުރުން
  • ނަޒާހަތްތެރިކަމާ ގުޅޭ މެސެޖު ހިމެނޭ ކަލަންޑަރު ތައްޔާރުކޮށް ބެހުން

2017

  • މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިންތިޒާމުކޮށްގެން ބޭއްވި ‘ތިކުދިންގެ ހަވީރު’ ގައި ބައިވެރިވުން
  • ‘ތެދު ވާހަކަ’ މި ނަމުގައި ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްއިން އިނގިރޭސި ބަހުން ނެރެފައިވާ ‘ޓްރޫ ސްޓޯރީޒް’ ގެ މައްޗަށް އެކުލަވާލެވިފައިވާ ފޮތެއް ދިވެހިބަހުން ޝާޢިއުކޮށް ނެރުން
  • ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއި ކުރުން
  • ކޮމިޝަނުގެ ޓްވިޓަރ އެކައުންޓް އަދި ފޭސްބުކް ޕޭޖުގައި ކޮމިޝަނުން ކުރާ ޙަރަކާތްތައް އާންމު ކުރަން ފެށުން
  • ނަޒާހަތްތެރިކަމާ ގުޅޭ މެސެޖު ހިމެނޭ ކަލަންޑަރު ތައްޔާރުކޮށް ބެހުން

2018 (ސެޕްޓެންބަރުގެ ނިޔަލަށް)

  • އޭސީސީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ‘ޓްރެއިނިންގ އޮފް ޓްރެއިނަރޒް’ ޕްރޮގްރާމެއް ކުރިއަށް ގެންދިއުން
  • ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން، މާލޭގެ ރަސްރަނި ބަގީޗާގައި ކުޑަކުދިންނަށް ނަޒާހަތްތެރިކަމާ ގުޅޭ ވާހަކަ ކިޔައިދިނުމުގެ ގޮތުން ‘ކިޔަމާ-ކިޔަމާ’ ޕްރޮގްރާމު ކުރިއަށް ގެންދިއުން
  • ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއި ކުރުން
  • އޭސީސީގެ އިންސްޓަގްރާމް އެކައުންޓުގައި ކޮމިޝަނުން ކުރާ ޙަރަކާތްތައް އާންމު ކުރަން ފެށުން
  • ނަޒާހަތްތެރިކަމާ ގުޅޭ މެސެޖު ހިމެނޭ ކަލަންޑަރު ތައްޔާރުކުރުން

 



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×