ހަވަނަ އިންޓަރޕޯލް ގްލޯބަލް ކޮންފަރެންސްގައި އޭސީސީއިން ބައިވެރިވެއްޖެ

26 Sep 2018

ނައިޖީރިއާގެ އަބޫޖާގައި ކުރިއަށްދާ “ސިކްސްތް އިންޓަރޕޯލް ގްލޯބަލް ކޮންފަރެންސް އޮން ހިއުމަން ޓްރެފިކިންގ އެންޑް މައިގްރެންޓް ސްމަގްލިންގ “ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ކޮންފަރެންސްގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކޮމިޝަންގެ ރިސަރޗް އޮފިސަރ، އަލްފާޟިލާ ނާޞިރާ އިޤްބާލްއެވެ. މި ކޮންފަރެންސްގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލައާބެހޭގޮތުން މި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ދިރާސާގެ މައްޗަށް ކަރުދާހެއް ހުށަހެޅުމަށްވަނީ ހަމަޖެހިފައެވެ.

މި މަހުގެ 24 ން 25 އަށް އިންޓަރޕޯލް އިން ކުރިއަށްގެންދާ މި ކޮންފަރެންސް ގައި މުޅި އެކު 70 ގައުމަކުން 500  އަށް ވުރެ ގިނަ ތަޖުރިބާކާރުން ހިއުމަން ޓްރެފިކިން އަދި މައިގްރެންޓް ސްމްގްލިން އާ ގުޅޭ ގޮތުން މަޝްވަރާކޮށް، ހުރި ދަތިތަކާ އަދި ކުރިއަށްދާނެ ގޮތްތަކާއި މެދު މަޝްވަރާކޮށްފައިވެއެވެ. ކޮންފަރެންސްގައި ބައިވެރި ވުމުގެ ހުރިހާ ޚަރަދުތައް ހަމަޖައްސާދެއްވާފައިވަނީ އިންޓަރޕޯލްގެ ފަރާތުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×