އޭސީސީ އިން ޣާޒީ ސްކޫލްގެ މުދައްރިސުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

27 Sep 2018

ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން )އޭސީސީ) ގެ ފަރާތުން ސްކޫލްތަކުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ޕްރޮގްރާމް ހުޅުމާލޭގެ ޣާޒީ ސްކޫލްގައި ކުރިއަށް ގެންގޮސްފިއެވެ. ސްކޫލްގެ މުދައްރިސުން ދެ ގްރޫޕަކަށް ބަހާލައިގެން މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 19 ވީ ބުދަ ދުވަހާއި، 26 ވީ ބުދަ ދުވަހުއެވެ.

މި ޕްރޮގްރާމްގައި މުދައްރިސުންނަށް ނަޒާހަތްތެރިކަމުގެ ސިފަތަކާ ބެހޭގޮތުންނާއި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ނުބައިކަމާއި، އުނގަންނައިދިނުމުގައި ނަޒާހަތްތެރިވުމާ ބެހޭ ގޮތުންނާއި، ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގައި މުދައްރިސުންގެ އަދި ސްކޫލްގެ ދައުރާ ބެހޭ ގޮތުން މަޢުލޫމާތު ދެވުނެވެ.

ޣާޒީ ސްކޫލްގެ މުދައްރިސުންނާއި ސްކޫލްގެ އިސް މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 67 ބައިވެރިންނަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.

މި ސެޝަނަކީ މުދައްރިސުންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ޣާޒީ ސްކޫލުން ކުރިއަށް ގެންދާ ޕްރޮގްރާމުތަކުގެ ތެރެއިން، އެ ސްކޫލުގެ އެދުމުގެ މަތިން ހިންގުނު ޕްރޮގްރާމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×