އައިއޭސީއޭ އެސެމްބްލީ އޮފް ޕާޓީސްގެ ހަތްވަނަ ސެޝަންގައި އޭސީސީއިން ބައިވެރިވެއްޖެ

27 Sep 2018

އިންޓަރނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އައި.އޭ.ސީ.އޭ) އިން ކުރިއަށްގެންދާ ” ދަ ސެވަންތް ސެޝަން އޮފް އެސެމްބްލީ އޮފް ޕާޓީސް އޮފް ދަ އިންޓަނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑެމީ (އައިއޭސީއޭ)”  ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރިވެއްޖެއެވެ. މި ސެޝަންގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ކޮމިޝަނުގެ މެންބަރު ޔަޒްމީދު މުޙައްމަދު އެވެ.

އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދާ މި ސެޝަންއަކީ، އައި.އޭ.ސީ.އޭ އިން އިންތިޒާމްކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ ސެޝަނެކެވެ. މި ސެޕްޓެންބަރު މަހުގެ 27 ން 28 އަށް ކުރިއަށްގެންދާ މިއަހަރުގެ ސެޝަންގައި އައި.އޭ.ސީ.އޭ ގެ މައިގަނޑު ސިޔާސަތުތައް ބައްޓަން ކުރުމާބެހޭގޮތުން މެމްބަރުންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ބަދަލު ކުރެވި، އަދި އައި.އޭ.ސީ.އޭ ގެ ކުރިމަޤާމެދު ގޮތްތަކެއް ކަޑައެޅިގެންދާނެއެވެ. މިއަހަރުގެ މަޝްވަރާތަކުގައި ބައިވެރިވަނީ އައި.އޭ.ސީ.އޭ ގެ މެމްބަރު އެޖެންސީތަކުގެ އެންމެ އިސްވެރިންނެވެ.

މިހާތަނަށް 73 އެންޓި-ކޮރަޕްޝަން އެޖެންސީއަކުން ބައިވެރިވެފައިވާ އައި.އޭ.ސީ.އޭ އަކީ، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރުމަށާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އެޖެންސީތައް ބާރުވެރިކުރުމަށް 2011 ވަނަ އަހަރު އުފެދިފައިވާ ބައިނަލްއަޤުވާމީ ޖަމިއްޔާއެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×