ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓްތައް ދޫކުރުމާގުޅޭ

09 Oct 2018

ހިޔާ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ގެންދަވާ ޕްރޮޖެކްޓަށް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކުރިއަށް ގެންދިޔުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ވަނީ 07 އޮކްޓޫބަރު 2018ގައި އަންގާފައެވެ.

މިމައްސަލަ މިކޮމިޝަނުން ބެލުމަށްފަހު މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާއިރު، ހިޔާ މަޝްރޫޢިން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް އިވެލުއޭޝަން މަރުޙަލާ ކުރިއަށް ގެންދިއުމަށާއި އެ އިވެލުއޭޝަން މަރުޙަލާ ނިންމެވުމަށްފަހު، ހިޔާ މަޝްރޫޢުއިން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލް މަޢުލޫމާތު ޢާންމުކޮށް އިޢުލާން ކުރެއްވުމަށްފަހު، އެކަމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދެއްވަންވާނެކަމަށް މިކޮމިޝަނުން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާނެއެވެ.

އަދި އެމުއްދަތުގައި ޝަކުވާ ހުށަހަޅާ ފަރާތްތަކަށް ލިޔުމުން ޖަވާބު ދެއްވުމަށާއި، ދާއިމީ ލިސްޓް ނެރުއްވަންވާނީ ހުށަހެޅި ޝަކުވާތަކާ ގުޅޭގޮތުން މިނިސްޓްރީން ނިންމަވާ ގޮތްތައް ޝަކުވާ ހުށަހަޅާ ފަރާތްތަކަށް އެއްގެވުމަށް ފަހުގައި ކަމަށާއި، އަދި މިއިން ކޮންމެ މަރުޙަލާ އެއްގައިވެސް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ކޮރަޕްޝަނަށް މަގުފަހިނުވާނެ ގޮތަކަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރިޔަށް ގެންދެވުމަށްވެސް ކޮމިޝަނުން ހައުސިންގ މިނިސްޓްރީއަށް އަންގާފައިވާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×