މާލިއްޔަތު ގަވައިދާ ބެހޭގޮތުން ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

18 Oct 2018

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން މާލޭގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ‘ދައުލަތުގެ މާލިއްޔަތު ގަވައިދު’ އަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ 17 އަދި 18 އޮކްޓޫބަރު 2018 ވީ ބުދަ އަދި ބުރާސްފަތި ދުވަހު ސީއެސްޓީއައިގެ ޓްރެއިނިންގ ހޯލުގައެވެ. 6 ގަޑި އިރަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމުގައި ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ޕްރޮކިއުމަންޓް އާ ބެހޭ ބާބަށް ބައިވެރިންވަނީ އަހުލުވެރި ކޮށްފައެވެ.

މާލޭގެ ޖުމްލަ 14 މުއައްސަސާއަކުން 33 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×