އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރ ގެ އެވޯޑް އޭސީސީގެ އިންފޮމޭޝަން އޮފިސަރަށް

18 Oct 2018

މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރ ގެ އެވޯޑް އޭސީސީގެ އިންފޮމޭޝަން އޮފިސަރ ޙަސަން މަނިކު އަށް ލިބިއްޖެއެވެ.

އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރ ގެ އެވޯޑް އޭސީސީގެ އިންފޮމޭޝަން އޮފިސަރ އަށް ލިބިފައި މިވަނީ، 2018ވަނަ އަހަރުގެ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 17 އޮކްޓޫބަރު 2018 ވީ ބުދަ ދުވަހުގެރޭ ބޭއްވި ޚާއްޞަ ޙަފުލާގައެވެ. މި ޙަފުލާގައި އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރ ގެ އެވޯޑް ޙަސަން މަނިކުއަށް ޙަވާލުކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އެވެ.

އިންފޮމޭޝަން އޮފިސަރ ގެ އެވޯޑަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، މަޢުލޫމާތު ދިނުމުގައި އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރ ކަނޑައެޅުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މިއީ، އެންމެ ޚިދުމަތްތެރި އިންފޮމޭޝަން އޮފިސަރ ހޮވި ފުރަތަމަ ފަހަރަށް ވާއިރު، މިއަހަރު އިންފޮމޭޝަން އޮފިސަރ ގެ އެވޯޑަށް ޖުމްލަ 6 ފަރާތަކުން ކުރިމަތިލާފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×