އެންމެ ގިނައިން ރަޖިސްޓްރީ ކުރެވެނީ ޕްރޮކިޔުމަންޓާގުޅޭ މައްސަލަތައް

08 Nov 2018

މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އެންމެ ގިނައިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ރަޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިޔުމަންޓާ ގުޅޭ މައްސަލަތަކެވެ.

އެގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 40 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު، 2017 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 53 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވެއެވެ.

ވަޒީފާއާގުޅޭ 12 މައްސަލައެއް މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާއިރު 2017 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ވަޒީފާއާއި ގުޅޭ 10 މައްސަލަ ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ.

މީގެއިތުރުން، މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ދަޢުލަތުގެ ފައިސާއާއި ތަކެތި ބޭނުންކުރުމާ ގުޅުންހުރި 16 މައްސަލައެއް ހުށަހެޅިފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ މިބާވަތުގެ މައްސަލަކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅުންހުރި 12 މައްސަލައަކާއި، އިންތިޚާބު އަދި ކެމްޕޭންތަކާ ގުޅުންހުރި 11 މައްސަލައަކާއި، ގޯތިގެދޮރާއި ކުއްޔަށް ދޫކުރެވޭ ތަންތަން/ބިމާއި ގުޅޭ 09 މައްސަލައެއް އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 32 މައްސަލައެއް މި އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×