ޔޫއެންއޯޑީސީގެ ރީޖަނަލް ވަރކްޝޮޕްގައި އޭސީސީއިން ބައިވެރިވެއްޖެ.

13 Nov 2018

ސައުތު އޭޝިއާގެ ގައުމުތަކުގެ ކްރިމިނަލް ޖަސްޓިސް ސިސްޓަމްގައި ހިމެނޭ ބައެއް އިދާރާތަކަށް އަމާޒްކޮށްގެން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ( ޔޫއެންއޯޑީސީ) އިން ކުރިއަށްގެންދާ ރީޖަނަލް ވަރކްޝޮޕް، “އިންޓަނޭޝަނަލް ކޯޕަރޭޝަން އިން ކްރައިމް އެންޑް ފައިނޭންޝިއަލް އިންވެސްޓިގޭޝަންސް އޮފް ކޮރަޕްޝަން ކްރައިމްސް އެންޑް ލިންކްސް ޓް މަނީލޯންޑްރިންގ” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ބައިވެރިވެއްޖެއެވެ.

12 ނޮވެންބަރު 2018 އިން 14 ނޮވެންބަރު 2018 އަށް އިންޑިއާގެ ނިއުދިއްލީގައި ކުރިއަށް ގެންދާ މި ވަރކްޝޮޕްގައި އޭސީސީގެ ފަރާތުން ބައިވެރިވެފައިވަނީ އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރުން ކަމުގައިވާ ޢަބްދުﷲ ޖަވީދުއާއި، ޢަބްދުﷲ މިޛްޢާން އަދި އާމިނަތު ސަނާއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤުސަދަކީ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރާ ފަރާތްތަކަށް ކަމާގުޅޭ ޚާއްޞަ ހުނަރުތައް ދަސްކޮށްދީ ފައިނޭންޝިއަލް އިންވެސްޓިގޭޝަން ހަރުދަނާކޮށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޢުލޫމާތާއި، ބޭނުން ކުރާނެ އުކުޅުތަކާއި އަދި މަނީ ލޯންޑްރިންއާ ގުޅިގެން ޝައްކުކުރެވޭ ފައިނޭންޝިއަލް ޓްރާންސެކްޝަންތައް ދެނެގަންނާނެގޮތްތައް ބައިވެރިންނަށް އޮޅުން ފިލުވައިދިނުމެވެ.

މި ވޯކްޝޮޕްގައި ސައުތު އޭޝިއާގެ ހަ ޤައުމަކުން ބައިވެރިވެފައިވާއިރު އެސީސީގެ އިތުރުން ދައުލަތުގެ އެހެންބައެއް އިދާރާތަކުންވެސް ވަނީ ބައިވެރިވެފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×