ތިންވަނަ ކުއާޓަރުގައި ވެސް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް

12 Nov 2018

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ 2018ވަނަ އަހަރުގެ ފުރަތަމަ ނުވަމަސްދުވަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޭސީސީން ނިންމި މައްސަލަތަކުގެ ތެރެއިން ފާއިތުވެ ދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް އެންމެ ގިނައީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތަކެވެ.

އެގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 211 މައްސަލައެއް ވަނީ ބަލާ ނިންމާފައިވެއެވެ. 2017 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 158 މައްސަލައެއް ބަލާ ނިންމާފައިވެއެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތަކެވެ. އެގޮތުން، ނާޖާއިޒު ފައިދާ ހޯދުމުގެ 76 މައްސަލައެއް ނިންމާފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ތިންވަނަ އަށް އެންމެ ގިނައިން ނިންމާފައިވަނީ ގަވާއިދާ ޚިލާފުވުމުގެ މައްސަލަތަކެވެ. ގަވާއިދާ ޚިލާފުވުމުގެ  15 މައްސަލައެއް ނިންމާފައިވާއިރު، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ 10 މައްސަލައަކާއި، ދައުލަތުގެ މުދަލާއި ފައިސާއަށް އިހުމާލު ވުމުގެ 3 މައްސަލައަކާއި އަދި ރިޝްވަތުގެ 4 މައްސަލައެއް ވެސް މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުންވަނީ ބަލާ ނިންމާފައެވެ.

 



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×