އެންސްޕާގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި

06 Dec 2018

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2018 ޑިސެންބަރު 04 ވީ އަންގާރަ ދުވަހު، އެންސްޕާގެ އެނެކްސްގައެވެ. 3 ގަޑިއިރުގެ މި ޕްރޮގްރާމުގައި ބައިވެރިންނަށް ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ ބެހޭ މަޢޫލޫމާތު ދެވުނެވެ.
އެންސްޕާގެ 24 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމު ހުށަހަޅައިދެއްވާފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×