ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ 2018 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ވިދާޅުވެއްޖެއެވެ. ކޮމިޝަނުން ކޮންމެ ކުއާޓަރަކު ނެރެމުންދާ ބިތުފަންގި ބުލެޓިންގެ ޚާއްސަ އަދަދުގައި ހިމަނާފައިވާ މިޚިޠާބުގައި އެމަނިކުފާނުވަނީ ކާމިޔާބު މުޖުތަމަޢެއް ބިނާކޮށް، އިޖުތިމާޢީ އަދި އިޤުތިޞާދީ ޢަދާލަތު ޤާއިމްވެފައިވާ ޤައުމެއްގެ ގޮތުގައި މި ދިވެހިރާއްޖެ ދެމި އޮތުމަށްޓަކައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެމަނިކުފާނުވަނީ ޤައުމީ ތަރައްޤީއަށްޓަކައި ކޮރަޕްޝަންގެ ނުބައި ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމުގެ ދައުރަކީ ހަމައެކަނި ސަރުކާރާއި، ޤާނޫނީ ގޮތުން ކޮރަޕްޝަން ހުއްޓުވުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ މުއައްސަސާގެ އެކަނި ޒިންމާއެއްކަމުގައި ނުދެކި ޤައުމުގެ ކޮންމެ ފަރުދަކީވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތަކަށްވުމަށް ގޮވާލާފައެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ- ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު
09 Dec 2018