ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުގެ އެންމެހައި އިދާރާތަކުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް 2018 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދެއްވި ދުވަހާ ގުޅޭ ޚިޠާބުގައި ވިދާޅުވެއްޖެއެވެ. ކޮމިޝަނުން ކޮންމެ ކުއާޓަރަކު ނެރެމުންދާ ބިތުފަންގި ބުލެޓިންގެ ޚާއްސަ އަދަދުގައި ހިމަނާފައިވާ މިޚިޠާބުގައި އެމަނިކުފާނުވަނީ މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވެފައިވާ އެންމެބޮޑު އެއް ވަޢުދަކީ، ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުންކަން ފާހަގަކުރައްވައި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މުދަލާއި ފައިސާ ގެއްލިގެންދާ ދިޔުމަށް ނިމުމެއް ގެނައުމަކީ، މި ސަރުކާރުގެ އެއް އަމާޒުކަމުގައި ވިދާޅުވެފައެވެ.
އޭސީސީގެ މަސައްކަތުގައި އެހީތެރިވުމަށް ދައުލަތުގެ ހުރިހާ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
09 Dec 2018