މި ދިވެހި މުޖްތަމަޢުއިން ކޮރަޕްޝަންގެ ނުބައި ޢަމަލު ފޮހެލުމަކީ، ނުވަތަ ކޮރަޕްޝަންގެ ޢަމަލުތައް މަދުކުރެވިފައިވާ މުޖްތަމަޢުއަކަށް ހެދުމަކީ، މިއަދު އަޅުގަނޑުމެން ކަނޑައަޅަންޖެހޭ މުހިއްމު ޤައުމީ ލަނޑުދަނޑިއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޤާސިމް އިބްރާހީމް 2018 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ވިދާޅުވެއްޖެއެވެ. ކޮމިޝަނުން ކޮންމެ ކުއާޓަރަކު ނެރެމުންދާ ބިތުފަންގި ބުލެޓިންގެ ޚާއްސަ އަދަދުގައި ހިމަނާފައިވާ މިޚިޠާބުގައި އެމަނިކުފާނުވަނީ މިފަދަ ދުވަހެއް ފާހަގަކުރަމުން ދާއިރު، އަޅުގަނޑުމެން ސަމާލުކަންދޭންވީ، ކޮރަޕްޝަންގެ ނުބައި ޢަމަލު މި ދިވެހި މުޖުތަމަޢުގައި ފެތުރެމުންދާ ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ މައްޗައްކަމަށްވެސް ވިދާޅުވެފައެވެ.
ކޮރަޕްޝަންގެ ޢަމަލުތައް މުޖްތަމަޢުއިން ފުހެލުމަކީ ޤައުމީ ލަނޑުދަޑިއެއް- ރައްޔިތުންގެ މަޖިލީހުގެ ރައީސް
09 Dec 2018