އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންކޮށްގެން ވީއެންމެ ރަނގަޅަކަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް 2018 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ ދެއްވި ޚިޠާބުގައި ވިދާޅުވެއްޖެއެވެ. ކޮމިޝަނުން ކޮންމެ ކުއާޓަރަކު ނެރެމުންދާ ބިތުފަންގި ބުލެޓިންގެ ޚާއްސަ އަދަދުގައި ހިމަނާފައިވާ މިޚިޠާބުގައި، ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް ކުށްސާބިތު ކުރުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނުތަކުގައި ނުހަނު ބޮޑެތި ބާގަނޑުތައް ހުރުމާއެކު އެކަންކަން އިސްލާޙް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ކޮމިޝަނުގެ ތަހުގީގީ މައްސަލަތަކާގުޅޭ މަޢުލޫމާތާއި ތަފާސް ހިސާބުވެސް ރައީސްގެ ޚިޠާބުގައި ހިމަނުއްވާފައިވެއެވެ.
ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް އޭސީސީއަށް ލިބިފައިވާ ވަސީލަތްތައް މިގެންދަނީ ބޭނުން ކުރަމުން- އޭސީސީގެ ރައީސް
09 Dec 2018