2018ވަނަ އަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި، 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އޭ.ސީ.ސީ އިން ކަމާގުޅުންހުރި އިދާރާތަކަށް އަންގައިފި

10 Dec 2018

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ނިންމި މައްސަލަތަކުގެ ތެރެއިން، 2018 ވަނަ އަހަރުގެ ފުރަތަމަ 9މަސްދުވަހުގެ ތެރޭގައި ދެބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެދި ދައުލަތުގެ އެކި އިދާރާތަކަށް އަންގާފައިވެއެވެ.

އެގޮތުން، މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ޖުމްލަ 2,024,638,893.74 (ދެބިލިއަން ސައުވީސްމިލިއަން ހަސަތޭކަ ތިރީސްއަށްހާސް އަށްސަތޭކަ ނުވަދިހަ ތިންރުފިޔާ ހަތްދިހަ ހަތަރުލާރި) ދައުލަތަށް އަނބުރާ ހޯދުމަށް އޭ.ސީ.ސީ އިން އެކި އިދާރާތަކަށް އަންގާފައިވާއިރު، އޭގެތެރެއިން، މިއަހަރުގެ 03 ވަނަ ކުއާޓަރގައި ދައުލަތަށް އަނބުރާ ހޯދުމަށް އެކި އިދާރާތަކަށް އަންގާފައިވަނީ ޖުމްލަ 2,216,178.00 (ދެމިލިއަން ދުއިސައްތަ ސޯޅަހާސް ސަތޭކަ ހަތްދިހައަށެއް) ރުފިޔާ އެވެ.

މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ދަޢުލަތަށް އަނބުރާ ހޯދުމަށް އޭ.ސީ.ސީ އިން އެކި އިދާރާތަކަށް އަންގާފައިވާ ފައިސާއަކީ އޭ.ސީ.ސީން ތަޙްޤީޤްކޮށް ނިންމި 27 މައްސަލައެއްގައި ހިމެނޭ ފައިސާއެވެ. އޭގެތެރެއިން 2018ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހުގެ ތެރޭގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ 04 މައްސަލައެއްވެސް ހިމެނެއެވެ. މިގޮތުން، އިސްވެ ދެންނެވުނު ފައިސާގެތެރެއިން، 1,807,749,100.00 (އެއްބިލިއަން އަށްސަތޭކަ ހަތްމިލިއަން ހަތްސަތޭކަ ސާޅީސް ނުވަހާސް އެއްސަތޭކަ) ރުފިޔާ އަކީ ދަޢުވާކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގައި ހިމެނޭ ދަޢުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާއެވެ. އަދި އޭސީސީ އިން ދަޢުލަތަށް އަނބުރާ ހޯދުމަށް އަންގާފައިވާ ފައިސާގެ ތެރެއިން ޖުމްލަ 54,220.76 (ފަންސާސް ހަތަރުހާސް ދުއިސައްތަ ވިހި ރުފިޔާ ހަތްދިހަ ހަލާރި) 2018ވަނަ އަހަރުގެ މިކުއާޓަރުގެ ތެރޭގައި ދަޢުލަތަށް އަނބުރާ ހޯދިފައިވާކަން ފާހަގަކުރެވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×