މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކުރުމުގެ ގޮތުން 08 ޑިސެންބަރު 2018 ވީ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ޙަރަކާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައިވެރިވެއްޖެއެވެ.
“ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ” ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކުނި މެނޭޖްކުރުމާއި ވެށި ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އެންމެންގެ ޒިންމާއެއްކަމުގައި ދެކި، އެއާދަ ދިވެހިރައްޔިތުންގެ ކިބައިގައި އަށަގެންނެވުމެވެ. އަދި ކުންޏާމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ދިރިއުޅޭ މާހައުލާއި، މަގުތައް ސާފުތާހިރުކޮށް ބޭއްވުމަށް ބާރުއެޅުމެވެ.
ދައުލަތުގެ ގިނަ އިދާރާތަކަކުން ބައިވެރިވި މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. ރާއްޖެ ސާފުކުރުމަށް ކުރިއްޔަށް ގެންދިއަ މިޕްރޮގްރާމް ގައި އޭސީސީގެ 38 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމްގައި އެސީސީއިން ބައިވެރިވެއްޖެ
11 Dec 2018