ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޚާއްޞަ ސަޕްލިމެންޓް ޝާއިޢުކޮށްފި

12 Dec 2018

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުހިންމު މަސައްކަތްތައް އާންމުންނަށް ހިއްސާކުރުމަށާއި، ނަޒާހަތްތެރިކަން ކުރިއަރުވައި އެންޓި-ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި އޭސީސީގެ ފަރާތުން އަހަރުގެ ކޮންމެ ކްއާޓަރއެއްގައި ޝާއިޢުކުރާ “ބިތުފަންގި” ބުލެޓިން މިއަދު (10 ޑިސެމްބަރ 2018) ގައި ޝާއިޢު ކޮށްފިއެވެ. މި ޢަދަދު ނެރެފައިވަނީ، މިއަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ޝާއިޢުކުރި ޚާއްޞަ ސަޕްލިމެންޓުގެ ގޮތުގައެވެ. ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ބޭއްވި، ދުވަހުގެ ޚާއްޞަ ޖަލްސާގައި މި ޢަދަދު ނެރެދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، އަލްއުސްތާޛާ ޢާއިޝަތު ޚަލީލާ ޢަބްދުއްސައްތާރުއެވެ.

މި ޢަދަދުގައި ދައުލަތުގެ ތިންބާރުގެ އެންމެ އިސްވެރިންގެ ޚިޠާބާއި ކޮމިޝަނުން ނިންމާފައިވާ މައްސަލައެއްގެ ޚުލާޞާ، އަދި ކުއާޓަރުގެ ތަފާސްހިސާބާއި ކޮމިޝަނުން ހިންގާފައިވާ މުހިންމު ހަރަކާތްތައް ހިމެނެއެވެ. މި ބުލެޓިން ކޮމިޝަންގެ ވެބްސައިޓްގައި ޝާއިޢުކުރެވިފައި ވާނެއެވެ. ބިތުފަންގި ބްލެޓިންގެ އެހެން ޢަދަދުތަކެކޭ އެއްގޮތަށް މި ޢަދަދުވެސް އީމެއިލް މެދުވެރިކޮށް ދައުލަތުގެ ހުރިހާ އިދާރާތަކަށް ފޮނުވާދެވޭނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×