ޕްލާސްޓިކް މަދުކުރުމުގެ ހަރަކާތުގައި އޭސީސީއިން ބައިވެރިވެއްޖެ

13 Dec 2018

ޕްލާސްޓިކުގެ ނުރައްކާތެރިކަމުން ރާއްޖޭގެ ތިމާވެށި ސަލާމަތްކުރުމަށް ސަރުކާރުން އިސްނަންގަވައިގެން ފައްޓަވާފައިވާ ހަރަކާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބައިވެރިވެއްޖެއެވެ.
މި ކެމްޕެއިންގެ ދަށުން އެންޓި-ކޮރަޕްޝަން ކޮމިޝަން ރެކްރިއޭޝަން ކްލަބްގެ ފަރާތުން އޭސީސީގެ ކޮންމެ މުވައްޒަފަކަށް ބިއްލޫރިފުޅިއެއް ހަދިޔާކޮށް އޭސީސީގައި އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ. 2018 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައި މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ އޭ.ސީ.ސީ ގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛް ޢަބްދުﷲ ރަޝީދުއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×