‘އަބާންނަ ކުރުވާހަކަ ފޮތް – 2’ ޝާއިޢުކޮށްފި

13 Dec 2018

ައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި 2018 ޑިސެންބަރު 10 ވީ ހޯމަ ދުވަހުގެ ރޭ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބޭއްވި ޚާއްސަ ޖަލްސާގައި ‘އަބާންނަ ކުރުވާހަކަ ފޮތް – 2’ ގެ ނަމުގައި ކުޑަކުދިންގެ ވާހަކަ ފޮތެއް ޝާއިޢުކޮށްފިއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައި ބޭއްވި ޖަލްސާގައި މި ފޮތް ނެރެދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމެވެ.
އޭސީސީގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށްގެންދެވުނު ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅުނު ވާހަކަތައް ހިމަނައިގެން އެކުލަވާލެވުނު މި ފޮތުގައި ޖުމްލަ 10 ވާހަކަ ހިމެނެއެވެ. ހުރިހާ ވާހަކަތަކަކީވެސް އުމުރުން 8 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކުރެވިފައިވާ ނަޒާހަތްތެރިކަމުގެ ކޮންމެވެސް ސިފައެއްގެ މައްޗަށް ބިނާކުރެވިގެން ލިޔެވިފައިވާ ޢިބްރަތްތެރި ވާހަކަތަކެކެވެ. މި ޖަލްސާގައި ކުރުވާހަކަ މުބާރާތުގައި ބައިވެރިވި ފަރާތްތަކަށާއި ފަނޑިޔާރުކަން ކޮށްދެއްވި ފަރާތްތަކަށް އަދި މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށް ހަނދާނީލިޔުމާއި އިނާމު ދެވިފައިވެއެވެ. މިފޮތް މިހާރު ވަނީ އޭސީސީގެ ވެބްސައިޓުގައި ޝާއިޢު ކޮށްފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×