ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

23 Dec 2018

ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް އަލަށް ޢައްޔަން ކުރައްވާފައިވާ ފަރާތްތައް މަސައްކަތަށް އަހުލުވެރި ކުރުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދަވާ ޕްރޮގްރާމުގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާބެހޭ ގޮތުންނާއި އަދި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ނަޒާހަތްތެރިކަން އިސްކުރުމާއެކު ކޮރަޕްޝަނަށް މަގުފަހި ނުވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ބާރުއަޅައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން މަޢުލޫމާތު ދީފިއެވެ.

އަލަށް ޢައްޔަން ކުރައްވާފައިވާ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ތެރެއިން 30 ބޭފުޅުން ބައިވެރިވި މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވީ އޭސީސީގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދެވެ. 20 ޑިސެމްބަރ 2018 ވަނަ ދުވަހު ކުރިއަށް ގެންދެވި މި ސެޝަންގައި އޭސީސީގެ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތައް އަވަހަށް ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމުގައި މިހާރު ކުރިމަތިވާ ބައެއް ދަތިތަކާ ބެހޭގޮތުން މަޢުލޫމާތު ދެވުނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×