ކޮރަޕްޝަންގެ ކުށްތައް ތަޙުޤީޤުކުރުމާ ގުޅޭ ޚާއްސަ ތަމްރީން ޕްރޮގްރާމްއެއް ބާއްވައިފި

22 Jan 2019

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިންވެސްޓިގޭޓަރުންގެ ތަޙުޤީޤު ކުރުމުގެ ހުނަރު އިތުރުކުރުމުގެ ގޮތުން، ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށް ސާބިތުކުރުމާ ގުޅޭ، ތިއަރެޓިކަލް އަދި ޕްރެކްޓިކަލް ތަމްރީން ޕްރޮގްރާމާއެއް މިއަދު (22 ޖަނަވަރީ 2019 ވީ އަންގާރަ ދުވަހު) ބާއްވައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ކޮމިޝަނުން ތަޙުޤީޤުކުރަމުންގެންދާ މައިގަނޑު އެއްކުށް ކަމުގައިވާ ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ހ)ގެ ކުށުގެ ރުކުންތައް ސާބިތުކޮށްދިނުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭ ގޮތުން ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ. މި ތަމްރީނު ޕްރޮގުރާމްގެ ސެޝަންތައް ނަންގަވައި ދެއްވީ ކޮމިޝަނުގެ ލީގަލް އެންޑް އެސެޓް ރިކަވަރީ ޔުނިޓުގެ މުވައްޒަފުންނެވެ.

3 ގަޑިއިރުގެ މި ތަމްރީން ޕްރޮގްރާމްގައި ކޮމިޝަންގެ 40 މުވައްޒަފުން ބައިވެރިވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×