ފައިނޭންޝަލް އިންވެސްޓިގޭޝަން އެންޑް ލިންކްސް ވިތް މަނީ ލޯންޑްރިންގއާބެހޭ ވަރކްޝޮޕެއް ފަށައިފި

11 Feb 2019

އެންޓި-ކޮރަޕްޝަން ކޮމިޝަންއިން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ( ޔޫއެންއޯޑީސީ) އާ ގުޅިގެން ފައިނޭންޝަލް އިންވެސްޓިގޭޝަން އެންޑް ލިންކްސް ވިތް މަނީ ލޯންޑްރިންގއާބެހޭ ވަރކްޝޮޕް ރާއްޖޭގައި ފަށައިފިއެވެ.

މި ފެބުރުވަރީ މަހުގެ 11 އިން 13 އަށް ކުރިއަށްގެންދާ މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ މެންބަރު، އާމިނަތު މިންނާ ވިދާޅުވީ މި ވޯކްޝޮޕްއަކީ ދިވެހިރާއްޖޭގައި އެންޓި-ކޮރަޕްޝަން ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އެބޭފުޅުންގެ މަސައްކަތުގައި ބޭނުންވާނެ ހުނަރާއި ޚާއްސަކޮށް ފައިނޭންޝަލް އިންވެސްޓިގޭޝަން އަދި މަނީ ލޯންޑްރިންގއާ ގުޅޭ މަޢުލޫމާތު ލިބިގެން ދާނެ ވޯކްޝޮޕްއަކަށް ވެގެންދާނެކަމަށެވެ. އަދި މިފަދަ އިތުރު ވޯކްޝޮޕްތައް ޔޫއެންއޯޑީސީއާ ގުޅިގެން މިއަހަރުގެ ތެރޭގައި ކުރިއަށްގެންދެވޭނެ ކަމުގައި ވިދާޅުވިއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤުސަދަކީ ފައިނޭންޝިއަލް ޓްރާންސެކްޝަންތަކުގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރާ އިންވެސްޓިގޭޓަރުންނާއި ޕްރޮސިކިއުޓަރުންނަށް ކަމާގުޅޭ ޚާއްޞަ ހުނަރުތައް ދަސްކޮށްދީ ފައިނޭންޝިއަލް އިންވެސްޓިގޭޝަން ހަރުދަނާކޮށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޢުލޫމާތާއި، ބޭނުން ކުރާނެ އުކުޅުތަކާއި އަދި ފައިނޭންޝިއަލް ޓްރާންސެކްޝަންތަކުގައި ހުންނަ މައްސަލަތައް ދެނެގަންނާނެގޮތްތައް ބައިވެރިންނަށް އޮޅުން ފިލުވައިދިނުމެވެ.

މާގިރި ހޮޓެލްގައި ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި އެސީސީގެ އިތުރުން ދައުލަތުގެ އެހެންބައެއް އިދާރާތަކުންވެސް ބައިވެރިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×