ސްޓާރ އިނިޝިއޭޓިވް އިން އޭސީސީއާ ބައްދަލުކޮށްފި

06 Feb 2019

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އަދި ވޯލްޑް ބޭންކް ގްރޫޕް ގެ ޕާރޓްނަރޝިޕެއް ކަމަށްވާ ސްޓޯލަން އެސެޓް ރިކަވަރީ އިނިޝިއޭޓިވް (ސްޓަރ) އިން އެންޓި-ކޮރަޕްޝަން ކޮމިޝަނާއެކު ބައްދަލުވުންތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ދެ ފަރާތުން ގުޅިގެން މަސައްކަތްކުރެވިދާނެ އެކި ދާއިރާތަކާމެދު މަޝްވަރާކުރުމެވެ. މިބައްދަލުވުމުގައި އޭސީސީގެ ފަރާތުން ބައިވެރިވެފައިވަނީ ކަމާ ގުޅުންހުރި ފަންނީ މުވައްޒަފުންނެވެ. އަދި ސްޓާރގެ ފަރާތުން ބައިވެރިވެފައިވަނީ، އެ އިނިޝިއޭޓިވްގެ ފަރާތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ވަފުދުގެ ބޭޅުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×