ިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން މަސައްކަތްކުރާނެ ރެޖިސްޓަރޑް ނަރުހުން (ދިވެހި ނަރުހުން) ހޯދުމަށް ކޮށްފައިވާ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކޮށްގެން ކުރިޔަށް ގެންދިއުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް މިކޮމިޝަނުން ވަނީ އަންގާފައެވެ.
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން މަސައްކަތްކުރާނެ ރެޖިސްޓަރޑް ނަރުހުން (ދިވެހި ނަރުހުން) ހޯދުމަށް އެ ހޮސްޕިޓަލުން ކޮށްފައިވާ އިޢުލާނާ ގުޅިގެން ޝައުޤުވެރިވާ ފަރާތްތަކުން ސިޓީ ހުށަހަޅަންޖެހޭ ސުންގަޑިއަކީ 31 ޖަނަވަރީ 2019 ވަނަ ދުވަހުގެ 13:00 ކަމަށާއި، ވަޒީފާއަކަށް ބިދޭސީން ހޯދުމުގެ ކުރިން އެ ވަޒީފާއަށް ދިވެހިން ހޯދުމަށް 2 ފަހަރު އިޢުލާނުކުރަން ޖެހޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވީނަމަވެސް ބަޔާންކުރެވުނު އިޢުލާނުގެ މުއްދަތު ހަމަނުވަނީސް އައި.ޖީ.އެމް.އެޗްއިން ބިދޭސީ ނަރުހުން ހޯދަން އިންޓަވިއު ކުރަން ފަށާފައިވާކަމަށް ބުނާ މައްސަލާގައި ކަން ހިނގާފައިވާ ގޮތެއް މިކޮމިޝަނުގެ ފަރާތުން ބެލިބެލުމުން، ނަރުހުން ހޯދުމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން ކޮށްފައިވާ އިޢުލާންތަކާ ގުޅިގެން ބޭނުންވާ ޢަދަދަށް އާންމުގޮތެއްގައި ނަރުހުން ލިބޭކަން ފާހަގަކުރެވިފައިވާތީއާއި، އޭގެ ފަހުން ވޭ ޖްއެމްޕްލޯއިމަންޓްގެ އުޞޫލުން ރަޖިސްޓަރޑް ނަރުހުން ހޯދުމަށް ދެ އިޢުލާނެއް ކޮށްފައިވާއިރު، އޭގެތެރެއިން ފުރަތަމަ އިޢުލާނާ ގުޅިގެން އިޢުލާންކޮށްފައިވާ ޢަދަދަށް ނަރުހުން ލިބިފައިނުވާތީ، ކޮށްފައިވާ ދެވަނަ އިޢުލާނުގެ ސުންގަޑި ހަމަނުވަނީސް ބިދޭސީ ނަރުހުން ރެކްރޫޓްކުރުމުގެ މަސައްކަތްކުރިއަށް ގެންދާތީ ބިދޭސީން ނަރުހުން ރެކްރޫޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ދިވެހި ނަރުހުން ނުލިބުމުންކަމަށް ބުނެވެން ނެތުމުން، ބިދޭސީ ނަރުހުން ރެކްރޫޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ގަވާއިދު (2014) ގެ 109 ވަނަ މާއްދާގެ (ރ)ގައި އާ ޚިލާފަށްކަން ފާހަގަކުރެވޭތީ، އެކަމަށް ކޮށްފައިވާ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކޮށްގެން ކުރިޔަށް ގެންދިއުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް 30 ޖަނަވަރީ 2019ގައި މިކޮމިޝަނުން ވަނީ އަންގާފައެވެ.