ސައުތު ކޮރެއާގެ ސޯލް އަދި ސެޖޮންގގައި ކުރިއަށްދާ “އޭސީއާރުސީ ޓްރެއިނިންގ ފޯރ އިންޓަނޭޝަނަލް އެންޓި-ކޮރަޕްޝަން ޕްރެކްޓިޝަނާސް” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ޓްރޭނިންގ ޕްރޮގްރާމުގައި އޭސީސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ސީނިއަރ އެޑިޔުކޭޝަން އޮފިސަރ، އަލްފާޟިލާ އާޢިޝަތު ސިނާޢުއެވެ.
2019 މޭ 13 ން 22 އަށް، ކޮރެއާގެ އެންޓި-ކޮރަޕްޝަން އެންޑް ސިވިލް ރައިޓްސް ކޮމިޝަން އިން ކުރިއަށްގެންދާ މި ޓްރެއިނިންގގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ނިޒާމު ހަރުދަނާކޮށް ތަންފީޒީ ނިޒާމު ވަރުގަދަ ކުރުމެވެ. މި ޕްރޮގްރާމުގެ ހުރިހާ ޚަރަދެއް ހަމަޖައްސާދެއްވާފައިވަނީ ކޮރެއާ ސަރުކާރުގެ ފަރާތުންނެވެ.