ތ.ގުރައިދޫގައި ދައުލަތުގެ މުވައްޒަފުންނަށް ޕްރޮކިއުމަންޓާ ބެހޭގޮތުން ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

21 Jul 2019

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ތ.ގުރައިދޫ، ދިޔަމިގިލި އަދި މަޑިފުށީގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ‘ދައުލަތުގެ މާލިއްޔަތު ގަވައިދު’ އަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް 18 ޖުލައި 2018 ވީ ބުރާސްފަތި ދުވަހު ކުރިއަށް ގެންގޮސްފިއެވެ. 6 ގަޑި އިރަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ޕްރޮކިއުމަންޓް އާ ބެހޭ ބާބަށް ބައިވެރިންވަނީ އަހުލުވެރި ކޮށްފައެވެ. ޖުމްލަ 25 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.

މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި، ކައުންސިލްތަކާއި، ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުސަތުގައި ތ.އަތޮޅު ކައުންސިލްގެ އިސްނެގުމުގެ މަތިން އޭސީސީ އިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×