ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ދަޢުވާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރި ސިވިލް ކޯޓުގެ ނަންބަރު 832/Cv-C/2013 ޤަޟިއްޔާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިޔަށްގެންދިޔަ އެ ކޯޓުގެ ނަންބަރު 2016/HC-A/21 ޤަޟިއްޔާއިން 25 ޖުލައި 2019 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންއާ އެއްކޮޅަށް ޙުކުމް ކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމުގައި ބަޔާންކޮށްފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 1213-B/113/2012/02 (17 ޖަނަވަރީ 2012) ސިޓީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއަށް އެންގިއެންގުން އަންގާފައިވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާ ބާރުތަކުގެ ބޭރުން ހެޔޮނިޔަތެއްނެތިކަމަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވީނަމަވެސް، އެ އެންގުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 202 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު)ގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ބޭރުން ހެޔޮނިޔަތެއްނެތި އަންގާފައިވާ އެންގުމެއްކަމަށް ބަލާނެ ހަމައެއްނެތް ކަމަށާއި ސިވިލް ކޯޓުގެ ނަންބަރު 832/Cv-C/2013 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލޭނެ ސަބަބެއްނެތް ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް (ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ)