ސޭނޯޓު ކޮރަޕްޝަން ލަވަ އިފްތިތާޙު ކޮށްފި

07 Sep 2019

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގަމުންދާ “ސޭ ނޯ ޓު ކޮރަޕްޝަން” ކެމްޕޭނުގެ ދަށުން، ކޮރަޕްޝަނާމެދު މުޖުތަމަޢު ހޭލުންތެރި ކުރުމުގެގޮތުން ތައްޔާރުކޮށްފައިވާ “ސޭ ނޯ ޓު ކޮރަޕްޝަން” ގެ ނަމުގައި ލަވައެއް އިފްތިތާޙް ކޮށްފިއެވެ. މި ލަވަ އިފްތިތާޙް ކުރީ ކޮމިޝަނުގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދިނުމަށް، 2019 ސެޕްޓެންބަރު 5 ވަނަ ދުވަހު ހެނދުނު ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ހޯލުގައި ނޫސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައެވެ.

ވީހާވެސް ގިނަ މީޑިއާތަކެއްގައި މި ލަވަ ބޭނުންކޮށް، އާންމުން ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރި ކުރުމަށް އޭސީސީގެ ފަރާތުން ވަނީ އެދިލައްވާފައެވެ. މިލަވަ އޭސީސީގެ ޔޫޓިއުބް ޕޭޖުގައިވަނީ ޝާއިޢު ކޮށްފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×