އެންޓި-ކޮރަޕްޝަން ކޮމިޝަނުން މީޑިއާއަށް މައުލޫމާތު ހިއްސާކުރުމަށް ބައްދަލުވުމެއް ބާއްވައިފި

07 Sep 2019

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޢާންމުކުރުމަށް ނިންމާފައިވާ ބައެއް ލިޔުންތައް ރަސްމީކޮށް ނެރުމަށާއި ކޮމިޝަނުގެ 02 ވަނަ ދައުރުގައި ކޮށްފައިވާ މަސައްކަތްތައް މީޑިއާއާއި ޙިއްސާކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު 05 ސެޕްޓެންބަރު 2019 ވީ ބުރާސްފަތިދުވަހު ހެނދުނު 10:30 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލުގައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އެސެޓް ޑިކްލެރޭޝަން ނިޒާމާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ދިރާސާ އާއި ކޮރަޕްޝަން ރިސްކް އެސެސްމަންޓް އެންޑް މިޓިގޭޝަން މެނޭޖްމަންޓް ޕްލޭންގެ ރިޕޯޓް ވަނީ ނެރެފައެވެ. މީގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެންގުންތަކަށް ސަރުކާރުގެ ވުޒާރާތަކުން އަމަލުކުރާ މިންވަރު ދެނެގަތުމުގެ ދިރާސާ އާއި ކޮމިޝަނުގެ ބިތުފަންގި ތޫރައިގެ މިއަހަރުގެ 2 އަދަދާއި، 2017 ވަނަ އަހަރު ބޭއްވުނު އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާގައި ހުށަހެޅުނު ކަރުދާސްތަކުގެ އިނގިރޭސި ތަރުޖަމާފޮތް ވެސް މި ބައްދަލުވުމުގައި ވަނީ އާންމުކޮށްފައެވެ.

އަދި މީގެ އިތުރުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ މުހިއްމު ބޮޑެތި މަސައްކަތްތަކުގެ ޕްރެޒެންޓޭޝަނެއް ހުށައަޅަފައިވެއެވެ.

މި ބައްދަލުވުން ނިންމާލުމުގެ ގޮތުން ކޮމިޝަނުގެ ފަރާތުންވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×