މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

17 Sep 2019

މ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 8، 9 އަދި 11 ގެ ދަރިވަރުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2019 ސެޕްޓެންބަރު 12 ވީ ބުރާސްފަތި ދުވަހު މ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

2 ގަޑިއިރަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމާ، ދަރިވަރުންގެ ސުލޫކާ، ގޮތް ނިންމުމުގައި ބޭނުންކުރާނެ އެތިކަލް އެޕްރޯޗު އަދި ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ގުޅޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުނެވެ. މި ސެޝަންގައި ޖުމްލަ 40 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ސެޝަން ހުށަހަޅާދީފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×