މ. މުލީގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

17 Sep 2019

މ. މުލީގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2019 ސެޕްޓެންބަރު 12 ވީ ބުރާސްފަތި ދުވަހު މ. މުލީ ސްކޫލްގައެވެ.

2 ގަޑި އިރާއި 30 މިނިޓަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، މަސައްކަތުގެ މާހައުލުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ އިތުރުން، މުވައްޒަފުންގެ ސުލޫކާ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާ، ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ގުޅޭ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވުނެވެ. މި ސެޝަންގައި އެކި މުއައްސަސާތަކުން ޖުމްލަ 19 މުއައްޒަފުން ބައިވެރިވެފައިވެއެވެ. މި ސެޝަން ހުށަހަޅާދެއްވާފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×