ޑައިރެކްޓާސް ޓްރެއިނިންގ ޕްރޮގުރާމުގައި އޭސީސީއިން މަޢުލޫމާތު ދީފި

19 Sep 2019

ނަޒާހަތްތެރިކަން ކުރިއަރުވާ، ކޮރަޕްޝަނާމެދު ހޭލުންތެރިކަން އިތުރުކުރުމަށް އަދި މާލިއްޔަތު ގަވައިދުގެ ތެރެއިން ޕްރޮކިއުމެންޓް ނިޒާމަށް އަހުލުވެރިކުރުމުގެ މަޤްޞަދުގައި ސީ.އެމް.ޑީ.އޭ.ގެ ފަރާތުން ކުރިއަށް ގެންދާ ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމުގައި އޭސީސީގެ ފަރާތުން މަޢުލޫމާތު ދީފިއެވެ.

2019 ސެޕްޓެންބަރު 18 ވީ ބުދަ ދުވަހު ސެންޓްރަލް ހޮޓެލްގެ ކޮންފަރެންސް ހޯލުގައި ބޭއްވި މި ޓްރެއިނިންގ ޕްރޮގްރާމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުން ޖުމްލަ 32 ބައިވެރިންވަނީ ބައިވެރިވެފައެވެ. 3 ގަޑިއިރުގެ މި ސެޝަން ނަންގަވައިދެއްވާފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×