އައްޑޫ ހައި ސްކޫލްގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

15 Oct 2019

އައްޑޫ ހައި ސްކޫލްގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2019 އޮކްޓޫބަރު 9 ވީ ބުދަ ދުވަހު އައްޑޫ ހައި ސްކޫލްގައެވެ.

މި ޕްރޮގްރާމްގައި ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމާ، ދަރިވަރުންގެ ސުލޫކާ، ގޮތް ނިންމުމުގައި ބޭނުންކުރާނެ އެތިކަލް އެޕްރޯޗު އަދި ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ގުޅޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުނެވެ. 2 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ދެ ސެޝަންގައި ޖުމްލަ 74 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ސެޝަންތައް ހުށަހަޅާދެއްވާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޓްރެއިނަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންގޮސްފައިވާ ‘ޓްރެއިނިންގ އޮފް ޓްރެއިނަރސް’ ޕްރޮގްރާމުން ތަމްރީނުވި ޓްރެއިނަރުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×