ތިންވަނަ ކުއާޓަރގައި އޭސީސީއިން އެންމެ ގިނައިން ނިންމާފައިވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ މައްސަލަތައް

31 Oct 2019

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ 2019ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ކުއާޓަރުގައި އޭސީސީން ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ މައްސަލައެވެ.

އެގޮތުން، މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ 95 މައްސަލައެއް ބަލައި ނިންމާފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ނިންމާފައިވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ 10 މައްސަލައެވެ. 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރއާ އަޅާ ބަލާއިރު، މިއަހަރުގެ 3ވަނަ ކުއާޓަރުގައި ކޮމިޝަނުން ބަލައިނިންމި މައްސަލައިގެ ތެރޭގައި ހިމެނޭ، ޤާނޫނާއި ޤަވާޢިދާ ޚިލާފުވުމުގެ މައްސަލަ 31 އިންސައްތަ އިތުރުވެފައިވެއެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައެވެ. އެގޮތުން، ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 57 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ނިންމާފައިވާކަން ފާހަގަކުރެވެއެވެ. އަދި ތިންވަނަ  އަށް އެންމެ ގިނައީ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތަކެވެ. ނާޖާއިޒު ފައިދާ ހޯދުމުގެ 16 މައްސަލައެއް މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ވަނީ ބަލައި ނިންމާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×