2019ވަނަ އަހަރުގެ ފުރަތަމަ 09 މަސްދުވަހުގެ ތެރޭގައި، 190 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އޭ.ސީ.ސީ އިން ކަމާގުޅުންހުރި އިދާރާތަކަށް އަންގައިފި

05 Nov 2019

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ނިންމި މައްސަލަތަކުގެ ތެރެއިން، 9201 ވަނަ އަހަރުގެ ފުރަތަމަ 9މަސްދުވަހުގެ ތެރޭގައި 190 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެދި ދައުލަތުގެ އެކި އިދާރާތަކަށް އަންގާފައިވެއެވެ.

އެގޮތުން، މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ޖުމްލަ 190,674,529.01 (ސަތޭކަނުވަދިހަ މިލިއަން ހަލައްކަ ހަތްދިހަހަތަރުހާސް ފައްސަތޭކަ ނަވާވީސް ރުފިޔާ އެއް ލާރި) ދައުލަތަށް އަނބުރާ ހޯދުމަށް އޭ.ސީ.ސީ އިން އެކި އިދާރާތަކަށް އަންގާފައިވާއިރު، އޭގެތެރެއިން، މިއަހަރުގެ 03 ވަނަ ކުއާޓަރގައި ދައުލަތަށް އަނބުރާ ހޯދުމަށް އެކި އިދާރާތަކަށް އަންގާފައިވަނީ، ޖުމްލަ 1,852,713.97 (އެއް މިލިއަން އަށް ލައްކަ ފަންސާސް ދެ ހާސް ހަތް ސަތޭކަ ތޭރަ ރުފިޔާ ނުވަދިހަ ހަތް ލާރި) އެވެ.

މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ދަޢުލަތަށް އަނބުރާ ހޯދުމަށް އޭ.ސީ.ސީ އިން އެކި އިދާރާތަކަށް އަންގާފައިވާ ފައިސާއަކީ އޭ.ސީ.ސީން ތަޙްޤީޤްކޮށް ނިންމި 16 މައްސަލައެއްގައި ހިމެނޭ ފައިސާއެވެ. އަދި އޭސީސީ އިން ދަޢުލަތަށް އަނބުރާ ހޯދުމަށް އަންގާފައިވާ ފައިސާގެ ތެރެއިން ޖުމްލަ 78,763.33 (ހަތްދިހަ އަށްހާސް ހަތް ސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ތިރީސް ތިން ލާރި) 2019ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ ތެރޭގައި ދަޢުލަތަށް އަނބުރާ ހޯދިފައިވާކަން ފާހަގަކުރެވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×