އދ.ގެ ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަންގެ އަށްވަނަ ސްޓޭޓް ޕާޓީސް ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

18 Dec 2019

ޔޫނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ފަރާތުން އަބޫދާބީގައި ކުރިއަށްގެންދާ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަންގެ އަށްވަނަ ސްޓޭޓް ޕާޓީސް ކޮންފަރެންސްގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރި ވެއްޖެއެވެ. މި ޑިސެންބަރު މަހުގެ 16 އިން 20 ގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި ރާއްޖެ ތަމްސީލު ކުރައްވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރު ޢަލީ އަޝްރަފް އާއި ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ މާޖިދު ޙަސަންއެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ އ.ދ.ގެ ” ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން”ގެ ދަށުން މިހާތަނަށް ކުރެވިފައިވާ ކަންތައްތަކާއި، ކުރިމަގުގައި ކުރެވިދާނެ ކަންތައްތަކާމެދު ޤައުމުތަކުގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް، މި މުއާހަދާ ތަންފީޒުކުރުމަށް ކުރެވެންހުރި ކަންތައްތައް ދެނެގަނެ ކުރިމަގު ޕްލޭންކުރުމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×