ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

17 Mar 2020

ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10 އަދި 11 ގެ ދަރިވަރުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަނެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ 2020 މާރިޗު 3 ވީ އަންގާރަ ދުވަހުގެ ހެނދުނު 8:30 ގައި ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މި ސެޝަންގައި ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމާއި، ނަޒާހަތްތެރިކަމުގެ އަސާސްތަކާއި، ގޮތް ނިންމުމުގައި ބޭނުންކުރާނެ އެތިކަލް އެޕްރޯޗުތައް އަދި ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ބެހޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުނެވެ. 2 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ސެޝަންގައި ޖުމްލަ 42 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިއީ އުނގެނުމާއި އުނގަންނައިދިނުމުގެ ތެރެއިން ސްކޫލު މާޙައުލުގައި ނަޒާހަތްތެރިކަން އިސްކުރުމަށް ބާރުއަޅައި، ނަޒާހްތަތެރި މުޖުތަމައެއް ބިނާކުރުމުގެ މަޤްޞަދުގައި މި ކޮމިޝަނުން ކުރިއަށް ގެންދާ ސްކޫލް އިންޓެގްރިޓީ ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަން ހުށަހަޅައި ދެއްވައިފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×