ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓަށް އެންޓި-ކޮރަޕްޝަން އަދި ޕްރޮކިއުމަންޓާއި ބެހޭ ސެޝަނެއް ނަގައިދީފި

12 Oct 2020

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ބޯޑު މެންބަރުންނަށާއި، ސީނިއަރ މެނޭޖްމަންޓް ޓީމަށް އޭ.ސީ.ސީގެ ފަރާތުން އެންޓި-ކޮރަޕްޝަން އަދި ޕްރޮކިއުމަންޓާއި ބެހޭ ސެޝަނެއް ނަގައި ދީފިއެވެ. މި ސެޝަންގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި ކޮރަޕްޝަނުގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް އަލި އަޅުވައިލައި، ޕްރޮކިއުމެންޓްގެ މަސައްކަތްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރެވޭ ކަންތައްތަކާއި އެކަންތައްތަކުގެ ހައްލާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ.

2020 އޮކްޓޫބަރު 8 ވީ ބުރާސްފަތި ދުވަހު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކޮންފަރެންސް އޭރިއާގައި ބޭއްވި މި ޓްރެއިނިންގ ޕްރޮގްރާމުގައި ޖުމްލަ 20 ބައިވެރިންވަނީ ބައިވެރިވެފައެވެ. 2 ގަޑިއިރުގެ މި ސެޝަން ނަންގަވައި ދެއްވައިފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×