އޭސީސީގެ ފަރާތުން ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއެކު ފޯކަސް ގްރޫޕް ބައްދަލުވުމެއް ބާއްވައިފި

30 Dec 2020

ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއެކު އޭ.ސީ.ސީގެ ފަރާތުން ފޯކަސް ގްރޫޕް ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އެ އިދާރާއަށް ނިސްބަތްވާގޮތަށް އޭ.ސީ.ސީއަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ދެވިފައިވާ ލަފައާއި އަދި އެފަދަ މައްސަލަތަކަށް މަގުފަހިވިޔަ ނުދިނުމަށްޓަކައި އެ އިދާރާއަކަށް އެޅިދާނެކަމަށް ފެންނަ ފިޔަވަޅުތަކުގެ މަޢުލޫމާތު ބައިވެރިންނާއި ހިއްސާކުރެވުނެވެ.

28 ޑިސެންމަބަރު 2020 ވީ ހޯމަ ދުވަހު ފެނަކަ ކޯޕަރޭޝަންގެ އިދާރާގައި ބޭއްވުނު ބައްދަލުވުމުގައި އެ ކޯޕަރޭޝަންގެ ބޯޑު މެންބަރުންނާއި އިސްވެރިން ބައިވެރިވެފައިވެއެވެ. 1 ގަޑިއިރުގެ މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×