އޭސީސީގެ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްވެރިންނާއެކު ފޯކަސް ގްރޫޕް ބައްދަލުވުމެއް ބާއްވައިފި

30 Dec 2020

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްވެރިންނާއި އެކު އޭ.ސީ.ސީގެ ފަރާތުން ފޯކަސް ގްރޫޕް ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އެ އިދާރާއަށް ނިސްބަތްވާގޮތަށް އޭ.ސީ.ސީއަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން ދެވިފައިވާ ލަފައާއި އަދި އެފަދަ މައްސަލަތަކަށް މަގުފަހިވިޔަ ނުދިނުމަށްޓަކައި އެ އިދާރާއަކަށް އެޅިދާނެކަމަށް ފެންނަ ފިޔަވަޅުތަކުގެ މަޢުލޫމާތު ބައިވެރިންނާއި ހިއްސާކުރެވުނެވެ.

23 ޑިސެންބަރު 2020 ވީ ބުދަ ދުވަހު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިދާރާގައި ބޭއްވުނު ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޢައިޝަތު އަލީ އަދި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެފައިވެއެވެ. 1 ގަޑިއިރުގެ މި ބައްދަލުވުމުގައި މައުލޫމާތު ދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×