އޭސީސީގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ މުވައްޒަފުންނަށް ނަޒާހަތްތެރިކަމާއި އެންޓި-ކޮރަޕްޝަނާ ބެހޭ ގޮތުން ސެޝަނެއް ނަގައިދީފި

18 Jan 2021

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ މުވައްޒަފުންނަށް ކޮރަޕްޝަނާމެދު ހޭލުންތެރި ކުރުވުމުގެ ސެޝަނެއް ނަގައިދީފިއެވެ. މި ސެޝަންގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި ކޮރަޕްޝަނުގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް އަލި އަޅުވައިލައި، މަސައްކަތުގެ މާހައުލުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރެވޭ ކަންތައްތަކާއި އެކަންތައްތަކުގެ ހައްލާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ. 17 ޖަނަވަރީ 2021 ވީ އާދިއްތަ ދުވަހުގެ 13:00 އިން 15:00 އަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ހޯލުގައި ބޭއްވި މި ސެޝަންގައި ކަސްޓަމްސްގެ އެންމެ އިސްވެރިންނާއި އޮފިސަރުންގެ 36 ބޭފުޅަކު ބައިވެރިވެ ވަޑައިގެންނެވިއެވެ. 2 ގަޑިއިރުގެ މި ސެޝަން ނަންގަވައިދެއްވީ އޭ.ސީ.ސީގެ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×