މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުން ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކޮށްފި

18 Jan 2021

ދައުލަތުގެ މުވައްޒަފުން ޒިންމާދާރުކުރުވުމާއި ނަޒާހަތްތެރިވުމަށް ބާރުއެޅުމުގެ މަޤްސަދުގައި އޭ.ސީ.ސީން ތަޢާރަފްކޮށްފައިވާ ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުން ސޮއިކޮށްފިއެވެ.

ވަޢުދުގައި ސޮއިކުރުމުގެ ރަސްމިއްޔާތުބޭއްވުނީ 17 ޖަނަވަރީ 2021 ވީ އާދިއްތަ ދުވަހު އޭ.ސީ.ސީގެ ފަރާތުން އެސަރވިސްގައި ބޭއްވުނު ޓްރެއިނިންގ ސެޝަން ނިންމާލުމަށްފަހުއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަންނީ މުވައްޒަފުން ނަގައިދިން މިޓްރެއިނިންގ ސެޝަންގައި ބައިވެރިވި 32 ބޭފުޅުންވަނީ ނަޒާހަތްތެރި ކަމުގެ ވައުދުގައި ސޮއި ކޮއްފައެވެ. މި ވައުދުގައި ސޮއި ކުރުމުގެ މަގްސަދަކީ މުވައްޒަފުން ނަޒާހަތްތެރިވުމަށް ފަރުދީ ޒިންމާ އިސްކުރުމަށް ބާރުއަޅައި، އެ މުއައްސަސާއިނއަކުން ނަޒާހަތްތެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތް ހަރުދަނާކުރުމެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×