އިންތިޚާބީ ކޮރަޕްޝަން ހުއްޓުވުމުގެ ކެމްޕޭނުގެ ދަށުން ސްޓެލްކޯގެ އިސްވެރިންނަށް ސެޝަންތަކެއް ނަގައިފި

21 Mar 2021

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ހިންގާ އިންތިޚާބީ ކޮރަޕްޝަން ހުއްޓުވުމުގެ ކެމްޕޭންގެ ދަށުން  ސްޓެލްކޯގެ އިސްވެރިންނަށް ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ނަގައިދީފިއެވެ.

މި ސެޝަންތަކުގައި ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން ނޫނީ ދައުލަތުގެ މުދަލާއި ވަޞީލަތްތައް އިންތިޚާބީ ކެމްޕޭން ޙަރަކާތްތަކަށް ބޭނުންކުރުމަށް ފުރުޞަތު ނުދިނުމަށާއި، ދައުލަތުގެ މުވައްޒަފުންގެ ރަސްމީ ޙައިޞިއްޔަތު ނަހަމަގޮތުގައި ބޭނުން ނުކުރުމަށް ބާރުއަޅައި ބައިވެރިންނަށް މަޢުލޫމާތު ދެވުނެވެ.

ދެ ބަޔަކަށް ބަހައިލައިގެން ބޭއްވި  މި ސެޝަންތަކުގައި ސްޓެލްކޯގެ އިސްވެރިންގެ ޖުމްލަ 33 ބޭފުޅުން ބައިވެރިވިއެވެ. 21 މާރިޗު 2021 ވީ އާދިއްތަ ދުވަހު ކުރިއަށް ގެންގޮސްފައިވާ މި ސެޝަންތައް ނަންގަވައިދެއްވީ އޭސީސީގެ ފަންނީ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×