ކޮރަޕްޝަނަށް މަގުފާހިވާގޮތަށް، އިލެކްޝަންސް ކޮމިޝަނުގެ 3 މުވައްޒަފަކަށް ކިޔެވުމުގެ ފުރުޞަތުދީފައިވާކަމަށް ބުނާ މައްސަލަ

24 Mar 2013

2010 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުގެ 3 މުވައްޒަފަކަށް ކިޔެވުމުގެ ފުރުޞަތު ދީފައިވަނީ އެކޮމިޝަނުގެ ނިންމުމެއްނެތި ކޮރަޕްޝަނަށް މަގުފާހިވާގޮތަށް ކަމަށް ބުނާ މައްސަލަ، މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.

މި މައްސަލަ ތަޙްޤީޤްކުރިކުރުމުގައި 2010 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަންގެ ހިއުމަން ރިސޯސް ޕެނަލުން ކިޔެވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވަނީ އެކޮމިޝަނުގެ މުވައްޒަފުންނަށް އެކަމުގެ މަޢުލޫމާތު ޙިއްޞާކުރުމަށްފަހުގައި ކަމަށް ތަޙުޤީޤަށް ލިބިފައިވާ އީމެއިލް އިންނާއި ތަޙުޤީޤަށް ޙާޟިރުކުރެވުނު މީހުންގެ ބަހުން އެނގޭތީއާއި، ހިއުމަން ރިސޯސް ޕެނަލުން މިނިންމުން ނިންމާފައިވަނީ ޓްރެއިނިން ރިކުއަރމަންޓާއި ބަޖެޓަށް ބެލުމަށްފަހުގައި ކަން އެނގޭތީއާއި، އެކޮމިޝަންގެ 03 މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ ކޯސް 2010 ވަނަ އަހަރުގެ ޓްރެއިނިންގ ރިކުއަރމަންޓްގައި ހިމަނާފައިވުމާއި 2010 ވަނަ އަހަރުގެ ބަޖެޓްގައި އެކަމަށް ފައިސާ ހުރުމާއި، އެދުވަސްވަރު އެކޮމިޝަނުގެ ގަވާއިދަށް ޢަމަލުކުރަން ފަށާފައި ނުވުމާއި އަދި ހިއުމަން ރިސޯސް ޕެނަލުގެ މަސްއޫލިއްޔަތު ލިޔުމުން އެކުލަވާލެވި އެކޮމިޝަނުން ފާސްކޮށްފައިވާކަން އެނގެން ނެތުމުންމިކަން ހިނގާފައިވަނީ އޭރުގައި ޢަމަލުކުރެވުންދިޔަ އާންމު އުޞޫލުގެ ދަށުންކަން ތަޙުޤީޤަށް ޙާޟިރު ކުރެވުނު މީހުންގެ ބަހުން އެނގޭތީއާއި، ހިއުމަން ރިސޯސް ޕެނަލުގެ ނިންމުން އެކޮމިޝަނުގެ ރައީސަށް ހުށަހަޅައި އެކަން ކުރިއަށް ގެންދިއުމަށް އެކޮމިޝަންގެ ރައީސް ހުއްދަދީފައިވާކަން ލިޔުމުންނާއި އެކޮމިޝަންގެ ރައީސްގެ ބަހުން އެނގޭތީއާއި، އިލެކްޝަންސް ކޮމިޝަނުން 2010 ވަނަ އަހަރު 03 މުވައްޒަފަކަށް ކިޔެވުމުގެ ފުރުޞަތު ދިނުމުގައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12ވަނަ މާއްދާގެ (ހ) ގައިވާފަދައިން އެއްވެސް ފަރާތަކުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދިކަމެއް ނުވަތަ ހޯދައި ދިނުމަށް މަސައްކަތް ކުރިކަމަށް ދޭހަވާފަދަ އެއްވެސް ހެއްކެއް ނުވަތަ ދަލީލެއް ތަޙްޤީޤަށް ލިބިފައި ނުވާތީ، މިއީ ޤާނޫނު ނަންބަރު: 2008/13، (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރ ގެދަށުން ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި މިމައްސަލަ ނިންމީއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×