އައްޑޫ ސިޓީ ކައުންސިލްގެ އަވަށު ބޯޑުތަކުގެ ރައީސާއި ނާއިބު ރައީސްގެ މަޤާމްތަކަށް އައްޔަންކޮށްފައިވާ ފަރާތްތައް އެމަޤާމުން ވަކިކުރުމަށް މިކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލަށް އަންގާފައިވާ އެންގުމަށް ޢަމަލުކޮށްފައިނުވާ މައްސަލައިގައި އައްޑޫ ސިޓީގެ މޭޔަރ، ޢަބްދުﷲ ޞާދިޤު ގެ މައްޗަށް، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފި.

27 Mar 2013

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ރަށްރަށުގެ އޮފީސްތަކުގެ އަވަށު ބޯޑުތަކަށް ވަގުތީ ރައީސުންނާއި، ވަގުތީ ނައިބު ރައީސްގެ މަޤާމްތައް އުފައްދަވައި، އެމަޤާމްތަކަށް މީހުން ހަމަޖައްސާފައިވަނީ، ޤާނޫނު ނަންބަރު 7/2010 “ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު” އާ ޚިލާފަށްކަމަށާއި އެމަޤާމްތަކަށް ޢައްޔަންކޮށްފައިވާ ފަރާތްތައް އެވަޒީފާތަކުން ވަކިކުރެއްވުމަށް އަންގައި، މި ކޮމިޝަނުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ފޮނުވި، މިކޮމިޝަނުގެ ނަންބަރު: 123-C/426/2012/13 (10 އެޕްރީލް 2012) ސިޓީ އަށް އައްޑޫ ސިޓީ ކައުންސިލުން ޢަމަލުކޮށްފައިނުވާ މައްސަލަ ބެލި ބެލުމުގައި، މިކޮމިޝަނުގެ ނަންބަރު: 123-C/426/2012/13 (10 އެޕްރީލް 2012) ސިޓީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ލިބިފައިވާކަން، އައްޑޫ ސިޓިގެ މޭޔަރ ޢަބްދުﷲ ޞާދިޤު (ކައުސަރު/ސ.ހިތަދޫ) ގެ އިޢުތިރާފުން އެނގޭތީއާއި، މި ސިޓީއާމެދު ޢަމަލުކުރާނެ ގޮތެއް ނިންމުމަށްޓަކައި ކައުންސިލްގެ ބައްދަލުވުމެއްގައި މަޝްވަރާކޮށް ގޮތެއް ކަނޑައަޅާފައި ނުވާކަމާއި، އަދި ކައުންސިލްގެ ބައްދަލުވުމަކަށް މިކަން އެޖެންޑާކޮށްފައިވެސް ނުވާކަމާއި، އަދި ކައުންސިލްގެ މެންބަރުންގެ ތެރެއިން، މޭޔަރ ޢަބްދުﷲ ޞާދިޤުއާއި، ޑެޕިއުޓީ މޭޔަރ ޙަސަން ޝާހިދު ފިޔަވައި ކައުންސިލްގެ އިތުރު މެންބަރަކަށް، ކޮމިޝަނުގެ ނަންބަރު: 123-C/426/2012/13 (10 އެޕްރީލް 2012) ސިޓީ ފެނިފައިނުވާކަން މި މައްސަލައިގެ ތަހުޤީޤުން އެނގޭތީއާއި، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 27 ވަނަ މާއްދާ (ހ) ގައި، މި ކޮމިޝަނުން އުފުލަންޖެހޭ މަސްއޫލިއްޔަތަކާއި ގުޅިގެން ކޮމިޝަނަށް ލިބިދޭ ބާރެއްގެ ދަށުން ކަމެއްކުރުމަށް ނުވަތަ ނުކުރުމަށް އަންގާ އެންގުމަކަށް ޢަމަލުކުރުމަކީ، ދިވެހި ރައްޔިތުންގެ މައްޗަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ހިނގާ ސަރަޙައްދުގައިވާ މީހުންގެ މައްޗަށް ލާޒިމުކަމެއްކަމަށް ބަޔާންކޮށްފައިވާތީ، ކޮމިޝަނުގެ ނަންބަރު: 123-C/426/2012/13 (10 އެޕްރީލް 2012) ސިޓީއަށް އައްޑޫ ސިޓީކައުންސިލްގެ އިދާރާއިން ޢަމަލުކޮށްފައިނުވާ މައްސަލާގައި އައްޑޫ ސިޓީގެ މޭޔަރ، ޢަބްދުﷲ ޞާދިޤު (ކައުސަރު/ސ.ހިތަދޫ) ގެމައްޗަށް ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 27 ވަނަމާއްދާގެ ދަށުން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެންގުމަށް ތަބާނުވުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

އަދި މިކޮމިޝަނުގެ ނަންބަރު: 123-B/426/2012/13 ސިޓީއާގުޅިގެން އައްޑޫ ސިޓީކައުންސިލްގެ ފަރާތުން އެއްވެސް ފިޔަވަޅެއްއެޅުއްވިކަން އެނގިފައިނުވާތީ، ޤަވާޢިދާޚިލާފަށް ވަޒީފާދީފައިވާ ފަރާތްތައް އެވަޒީފާތަކުން ވަކިކުރެއްވުމަށް ކޯޓް އަމުރެއް ނެރެދެއްވުމަށް އެދި 21 ނޮވެމްބަރ 2012ގައި ޕްރޮސެކިއުޓަރޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×