އެސް.ޓީ.އޯ.ގެ ނަންބަރު 60-ADM/2009/304 (16 ޑިސެމްބަރ 2009 ) އީ.އޯ.އައި.އާ ގުޅިގެން، 11 ފެބްރުއަރީ 2010 ގައި “ޕްރޮކިއުމަންޓް، ވޮރަންޓީ އެންޑް އާފްޓަރ ސޭލްސް ސަޕޯޓް އޮފް ކޮމްޕިއުޓަރ އިކްވިޕްމަންޓްސް ވިތް މައިކްރޯސޮފްޓް ސޮފްޓްވެއަރ ލައިސަންސް” މި ސުރުޚީގެ ދަށުން ހުޅުވާލި ބީލަމުގައި ބިޑް ހުށަހެޅި ފަރާތްތަކަށް ދޫކޮށްފައިވާ އާރް.އެފް.ޕީ (ރިކުއެސްޓް ފޮރ ޕްރޮޕޯސަލް) ގެ 4.1 ގައި، އެސް.ޓީ.އޯ.އިން ބޭނުންވާ އައިޓަމް ނުވަތަ ބޭނުންވާ ސްޕެސިފިކޭޝަން ނުވަތަ ލިޔެކިޔުންތައް ނުހިމަނައި ޕްރޮޕޯސަލް ހުށަހަޅައިފިނަމަ އެ ޕްރޮޕޯސަލް ހުށަހެޅި ފަރާތް “ނޮން ރެސްޕޮންސިވް” އަދި “އިންކޮމްޕީޓެންޓް” ފަރާތަކަށް ވާނެކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އެފަރާތެއް ޑިސްކޮލިފައިވާނެކަމަށް ބަޔާންކޮށްފައިވާތީއާއި، އާރް.އެފް.ޕީ.ގެ އެނެކްސް އޭ (ރިކުއަރމަންޓް ސްޕެސިފިކޭޝަން): ޕްރޮޑަކްޓް ސްޕެސިފިކޭޝަންގައި ރޭމް ސްޕީޑަކީ 1333MHz ކަމަށް ބަޔާންކޮށްފައިވީނަމަވެސް، މި ބިޑަށް ކުރިމަތިލި ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލުގައި އެފަރާތުން ހުށަހަޅާފައިވަނީ 1066 މެގަހާޓްސްކަމަށްވާތީއާއި، ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށް 04 މާޗް 2010 ގައި ބޭއްވި އެސް.ޓީ.އޯ.ގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި އެއްފަރާތަކަށް ހުށަހަޅާފައިވާ ސްޕެސިފިކޭޝަން އެސް.ޓީ.އޯ.އިން ދީފައިވާ ސްޕެސިފިކޭޝަނާ ދިމާނުވާކަމަށާއި، އެހެންކަމުން އެފަރާތުގެ ބިޑް އިވެލުއޭޓް ކުރުމުގައި އެކަން ފާހަގަކޮށް، 10 ޕޮއިންޓް އުނިކޮށްފައިވާކަމަށާއި، އެހެންނަމަވެސް، ހުށަހަޅާފައިވާ ދެ ބިޑްގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބިފައިވަނީ އެފަރާތަށް ކަމަށްވެފައި، އެފަރާތުން ހުށަހަޅާފައިވާ ރޭމްބަސް ސްޕީޑަކީ 1066 މެގަހާޓްސްކަމަށާއި، އެސް.ޓީ.އޯ. އިން ދީފައިވާ 1333 މެގަހާޓްސްއަށް ރެމްބަސް ސްޕީޑް އަޕްގްރޭޑްކުރިނަމަވެސް، އެހެންފަރާތްތަކުން ހުށަހަޅާފައިވާ އަގަށް މި ސިސްޓަމްތައް ގަތުމަށްވުރެ ޚަރަދުކުޑަވާނެކަމަށް ކޮމިޓީއަށް ފެންނާތީ އެފަރާތަށް މި ބިޑް އެވޯޑުކުރުމަށް ނިންމާފައިވާކަމަށް އެ ބައްދަލުވުމުގެ ޔައުމިއްޔާގައި ބަޔާންކޮށްފައިވާތީއާއި، އާރް.އެފް.ޕީ.އާއި ޕްރޮޕޯސަލާ ދިމާނުވާނަމަ އެފަދަ ޕްރޮޕޯސަލެއް ޑިސްކޮލިފައިކުރުމަކީ އެސް.ޓީ.އޯ.ގެ ޓެންޑަރ ކޮމިޓީގެ މަސްއޫލިއްޔަތެއްކަން މިމައްސަލައާ ގުޅިގެން ސުވާލުކުރެވުނު ފަރާތްތަކުގެ ބަހުން އެނގޭތީއާއި، އެސް.ޓީ.އޯ.ގެ ޓެންޑަރ ކޮމިޓީގެ މި ޢަމަލަކީ އެފަދަ ޙާލަތްތަކުގައި ޢަމަލުކުރުމަށް މި ބީލަމުގެ އާރް.އެފް.ޕީ.ގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތާ ޚިލާފު ޢަމަލަކަށްވެފައި، ކޮމިޓީގެ މި ޢަމަލަކީ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް ތަޙުޤީޤަށް ސާބިތުވާތީ، ބިޑްހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ސްޕެސިފިކޭޝަން އާރް.އެފް.ޕީ.ގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަނާ ދިމާނުވާކަން އެނގިތިބެމެ، އާރް.އެފް.ޕީ. ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް އެފަރާތް ޑިސްކޮލިފައިނުކޮށް އެފަރާތަށް މި ބިޑް އެވޯޑްކުރުމަށް އެސް.ޓީ.އޯ.ގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި ނިންމައި އެފަރާތަށް ބިޑް އެވޯޑްކޮށްފައިވާތީ، އެ ބައްދަލުވުމުގައި ބައިވެރިވި، އެ ކޮމިޓީގެ ޗެއަރމަން މުޙައްމަދު ނިޒާރު (މ.ފައިޒާ /މާލެ) އާއި، ކޮމިޓީ މެންބަރުން ކަމުގައިވާ މުޙައްމަދު ކަލީމް (ގ.ދާދަރާގެ /މާލެ) އާއި، އެކުންފުނީގެ އެކައުންޓްސް ރެޕްރެޒެންޓެޓިވް މުޙައްމަދު މިހާދު (ފިނޮޅު /ހއ.ކެލާ) އާއި، އެކުންފުނީގެ އޭރުގެ ޤާނޫނީ ވަކީލު އައިމިނަތު ނަސްރީނާ (ހިޔަލީވިލާ /ސ.ހިތަދޫ) އާއި، އޭރު އެކުންފުނީގެ އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާރޓްމަންޓް ހިންގުމާ ޙަވާލުވެހުރި، އެކުންފުނީގެ ޖެނެރަލް މެނޭޖަރ، އިބްރާހީމް ޝަރީފް މުޙައްމަދު (މއ.ނޫރީގެ /މާލެ) ގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.