1434ވަނަ އަހަރުގެ ޙައްޖު ކޯޓާ ދޫކުރުމުގައި ޤަވާޢިދާ ޚިލާފަށް ޙައްޖު ޕްރޮޕޯސަލްތައް ބަލައިގެންފައިވާކަމަށް ބުނާ މައްސަލަ

16 Apr 2013

ދިވެހިރާއްޖޭއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ 07ވަނަ މާއްދާ އާއި 21 ވަނަ މާއްދާއާ ޚިލާފަށް 1434ވަނަ އަހަރުގެ ޙައްޖު ޕްރޮޕޯސަލްތައް ބަލައިގެންފައވާކަމަށް ބުނެ 30 މާޗް 2013ގައި މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލިބެލުމުގައި،

1- 1434 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމަށް އެދި ޝައުޤުވެރިވާ ފަރާތްތަކަށް އެކަން ހުޅުވާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކޮށްފައިވާ އިޢުލާނާ ގުޅިގެން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅާފައިވާ 17 ކުންފުނީގެ ތެރެއިން 05 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހެޅި އިރު، ދިވެހިރާއްޖޭގެ ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުޞޫލުގެ 21 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، ޕްރޮޕޯސަލް ހުޅުވުމުގެ ބައްދަލުވުމަށް ހާޒިރުވި މީހަކީ ކުންފުނީގެ ފަރާތުން ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައި ނުވިނަމަވެސް އެފަރާތްތަކުގެ ޕްރޮޕޯސަލްތައް ބަލައިގަނެފައިވާތީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިޕްރޮޕޯސަލްތައް ބަލައިގަނެފައި މިވަނީ ދިވެހިރާއްޖޭގެ ޙައްޖަށް މީހުން ގެންދިއުމާ ބެހޭ އުޞޫލުގެ 21 ވަނަ މާއްދާގެ (ހ) އާ ޚިލާފަށްކަން ފާހަގަކުރެވޭތީ މި 05 ޕްރޮޕޯސަލަކީ ބާތިލް ޕްރޮޕޯސަލްތަކެއްކަމަށް ކަނޑައެޅުމަށާއި މި 05 ޕްރޮޕޯސަލް އިވެލުއޭޝަން މަރުހަލާގައި ބައިވެރިނުކުރުމަށާއި،

2- ގްރޫޕްތަކުން ހުށަހަޅާފައިވާ ރިފަރެންސް ސިޓީތަކާބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ރިޢާޔަތްކޮށް، އެރިފަރެންސް ސިޓީތަކުގެ ޞައްޙަކަން ޔަޤީންކުރުމަށްފަހު އެބިޑް ތަކާމެދު ގޮތެއް ނިންމުމަށާއި،

3- 1434ވަނަ އަހަރަށް ލިބިފައިވާ ޙައްޖު ކޯޓާ (1000ކޯޓާ) އިވެލުއޭޝަނުން އެންމެމަތިން މާރކްސް ލިބޭ 08 ފަރާތަކަށް ހަމަހަމަ އުޞޫލުން ހަމަޖެއްސުމަށް 02 އޭޕްރިލް 2013ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ވަނީ އެންގިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×