އެމް.އެން.ބީ.ސީ އަށް ބޭނުންވާ އިކްއިޕްމަންޓް ސަޕްލައިކުރުމަށް 2009ވަނަ އަހަރު ވެފައިވާ އެއްބަސްވުމާ ޚިލާފަށް ވަކިފަރާތަކަށް ފައިދާ ލިބޭގޮތަށް ފައިސާ ދޫކޮށްފައިވާ މައްސަލާގައި ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފ

16 Apr 2013

މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަނު (އެމް.އެން.ބީ.ސީ)ގެ ދަށުން ހިންގާ ޓެލެވިޜަން މޯލްޑިވްސް އަށާއި، ދިވެހިރާއްޖޭގެ އަޑަށް ބޭނުންވާ ބައެއް އިކްއިޕްމަންޓްސް ސަޕްލައިކޮށްދިނުމަށް އެއްބަސްވެފައިވާ މުއްދަތަށްވުރެ، އިތުރުވެފައިވާ ދުވަސްތަކަށް މަސައްކަތުގެ ޖުމްލަ އަގުގެ %1 ޖޫރިމަނާކުރުމަށް، އެއްބަސްވުމުގެ 09 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި، ތަކެތި ސަޕްލައިކުރެވިފައި ނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ކަނޑަންޖެހޭ 217,805.90 (ދެލައްކަ ސަތާރަހާސް އަށްސަތޭކަ ފަސްރުފިޔާ ނުވަދިހަ ލާރި) ރުފިޔާ، ތަކެތީގެ އަގަށްވާ ފައިސާ އެތަކެތި ސަޕްލައިކޮށްދިން ފަރާތާ ޙަވާލުކުރިއިރު، ނުކަނޑާ ޙަވާލުކޮށްފައިވާ ކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލިބެލުމުގައި،

1. މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) އަށް ބޭނުންވާ އިކުއިޕްމަންޓްސް ސަޕްލައިކުރުމަށް 30 އޯގަސްޓް 2009ގައި ވެފައިވާ އެއްބަސްވުމުގެ 06 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ބައެއް އިކުއިޕްމަންޓްސް، މަސައްކަތް ޙަވާލުވި ފަރާތުން ސަޕްލައި ކޮށްދީފައި ނުވުމުން، އެއްބަސްވުމުގެ ދަށުން އުނިކުރަންޖެހޭ ޖޫރިމަނާއަށްވާ 217,805.90 (ދެލައްކަ ސަތާރަހާސް އަށްސަތޭކަ ފަސްރުފިޔާ ނުވަދިހަ ލާރި) ރުފިޔާ އުނިނުކޮށް އެމް.އެން.ބީ.ސީން ފައިސާ ދޫކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށްކަމަށްވާތީއާއި، ޖޫރިމަނާ ފައިސާ އުނިނުކޮށް ފައިސާ ދޫކުރުމަށް އެމް.އެން.ބީ.ސީ އިން ހުއްދަދީފައިވާ ފަރާތްތަކުން ހުއްދަދީ ސޮއިކޮށްފައިވަނީ، އެމް.އެން.ބީ.ސީގެ ޕްރޮކިއުމަންޓުގެ އޭރުގެ ޑެޕިއުޓީ ޑިރެކްޓަރ ފަހުމީ ރަޝާދު ދީފައިވާ އެޕްރޫވަލްގެ މައްޗަށް ބިނާކޮށްގެންކަން ފައިސާ ދެއްކި ޕޭމަންޓް ވައުޗަރު ތަކުންނާއި ހެކިންގެ ހެކި ބަހުން ތަޙްޤީޤަށް ޘާބިތުވާތީ، މިކަމަކީ އެމް.އެން.ބީ.ސީގެ އޭރުގެ ޑެޕިއުޓީ ޑިރެކްޓަރ، ފަހުމީ ރަޝާދު، އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކޮރަޕްޝަނުގެ އަމަލެއް ކަމަށް ބެލެވޭތީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ދަށުން ދަފްތަރު ނަންބަރު 1625 / މާލެ، ފަހުމީ ރަޝާދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.

2. އަދި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމް.އެން.ބީ.ސީ) އަކީ މިހާރު ލިކުއިޑޭޓްކުރުމުގެ މަރުހަލާގައި އޮތް ކުންފުންޏެއްކަމަށްވުމުން، ކުންފުނި އުވާލުމަށް އައްޔަންކުރާ ލިކުއިޑޭޓަރ މެދުވެރިކޮށް، ޖޫރިމަނާއަށް އަރާފައިވާ217,805.90 (ދެލައްކަ ސަތާރަހާސް އަށްސަތޭކަ ފަސްރުފިޔާ ނުވަދިހަ ލާރި) ރުފިޔާ، މަސައްކަތް ޙަވާލުވި ކުންފުނީގެ ފަރާތުން އަނބުރާ ހޯދުމަށް އެމް.އެން.ބީ.ސީގެ މިހާރުގެ ޑިރެކްޓަރުންގެ ބޯޑަށާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ވަނީ އެންގިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×