ގދ. ތިނަދޫގެ ތިން ސްކޫލެއްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ކަނޑައެޅުމުގައި ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ޢަމަލުކޮށްފައިވާތީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފ

16 Apr 2013

މަތިދެކުނު ޞަރަޙައްދުގެ އެޑިއުކޭޝަން ޔުނިޓުން ސެކިއުރިޓީ އައުޓްސޯސް ކުރާނޭ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IU)G-2011/11 އިއުލާނާ ގުޅިގެން، އެކަމަށް އެދި ހުށަހެޅި 14 ފަރާތުން ހުށަހަޅާފައިވާ ލިޔުންތައް އިވެލުއޭޓްކުރުމުގައި ގަވާއިދާ ޚިލާފަށް ޢަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤުކޮށް ބެލިބެލުމުގައި، މަތިދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ އެޑިޔުކޭޝަން ޔުނިޓުން ކުރި (IU)D-2011/11 (17 އޮކްޓޯބަރ 2011) އިޢުލާނުން ގދ.ތިނަދޫ ތިން ސްކޫލެއްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތަށް ބީލަން ކާމިޔާބުވެފައިވަނީ؛ ހުށަހެޅި ބިޑްތަކުގެ ތެރެއިން އެއްބިޑަކީ، ބީލަންކުރެވިފައިވާ މަސައްކަތަށް އެކަށީގެންނުވާ ދަށް އަގެއްގެ ބިޑެއް ކަމަށް ބަލައި އެބިޑް އެވޯޑް ނުކުރުމަށް އިވެލުއޭޝަން ކޮމިޓީން ނިންމައި ވަކިފަރާތެއްގެ ބީލަން ބިޑް އިވެލުއޭޝަންގައި ހިމެނުމުގެ ސަބަބުން ކަމަށްވާތީއާއި؛ “ތަޖުރިބާ” ގެ ބަޔަށް މާކުސް ދިނުމުގައި އެއްވަގުތެއްގައި އެއްތަނަށްވުރެ ގިނަ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓާފައިވާނަމަ އެއިން ކޮންމެ ތަނެއްގައި މަސައްކަތް ކޮށްފައިވާ މުއްދަތުވެސް ވަކިން ގުނާފައިވާނޭކަމަށް އިވެލުއޭޝަން ކޮމިޓީގެ މެންބަރުން ތަޙުޤީޤުގައި ބުނެފައި ވީނަމަވެސް، އެ އުސޫލުން މާކުސް ދީފައިވަނީ ބީލަން ކާމިޔާބުކުރި ފަރާތަށް އެކަނި ކަމަށްވެފައި، ވަކިވަކި ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓި މުއްދަތު ޖުމުލަ ކުރުމުގެ ބަދަލުގައި، އެކި ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހޭދަކުރި ޖުމުލަ މުއްދަތަށް ބަލައިގެން ބީލަން ކާމިޔާބުކުރި ފަރާތް ނޫން އެހެން ފަރާތަކަށް މާކުސް ދީފައިވުމުގެ ސަބަބުންކަމަށްވާތީއާއި؛ ބީލަން ކާމިޔާބުކުރި ފަރާތުން ހުށަހަޅާފައިވާ މަސައްކަތުގެ މުއްދަތު އެނގެން ނެތް ލިޔުމަކަށްވެސް، އަންދާޒާ މުއްދަތަކަށް ބަލައި އިވެލުއޭޝަން ކޮމިޓީން ތަޖުރިބާގެ ބައިން އެ ފަރާތަށް މާކުސް ދީފައިވާކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވެއެވެ. ނަމަވެސް، ބީލަން ހުށަހެޅި އެހެންފަރާތަކުން ހުށަހަޅާފައިވާ އެފަދަ ލިޔުންތަކަށް އެއުސޫލުން މާކުސް ދީފައިނުވާތީއާއި؛ އެއް އުސޫލަކުން މާކުސް ދޭނަމަ ތަޖުރިބާގެ ކެޓެގަރީން ފުރިހަމަ 10 މާކުސް ލިބި، މުޅި އިވެލުއޭޝަނުން އެންމެ މަތިން މާކުސް ލިބިގެން ބީލަން ކާމިޔާބުވާނީ ބީލަން މިހާރު ކާމިޔާބުކޮށްފައިވާ ފަރާތްނޫން އެހެންފަރާތެއްކަން ތަޙުޤީޤަށް ސާބިތުކުރެވިފައިވާތީއާއި؛ އިސްވެ ބަޔާންވެދިޔަ ފަދައިން އިވެލުއޭޝަން ކޮމިޓީން ޢަމަލުކޮށްފައިވަނީ ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުންކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ؛ މި މައްސަލައަކީ ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު ގައިވާ ގޮތުގެމަތިން ކޮރަޕްޝަނުގެ ކުށެއް އެކުލެވޭ މައްސަލައެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިވެލުއޭޝަން ކޮމިޓީގެ މެންބަރުން ކަމަށްވާ އާދަމް ޝަރީފް (ނާރެސް، ގދ.ތިނަދޫ ) އާއި ނާޞިރު އަޙްމަދު (ދެވިނަގެ، ގދ.ތިނަދޫ) އާއި ޖާދުﷲ ޙުސައިން ތައުފީޤް (ދަފްތަރު ނަންބަރު 3024، މާލެ) އާއި އަޙްމަދު ނާޝިދު (ހަވާނާ، ގދ.ތިނަދޫ) އާއި ސިނާން ޙަސަން (ރަދީފް، ގދ.ތިނަދޫ) ގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×